logoEN
cocacola
ކާގޯ ފެރީ ބުރާސްފަތި ދުވަހު އައްޑޫގައި ބަނދަރުކުރާނެ - އެމްއެސްއެސް

ކާގޯ ފެރީ ބުރާސްފަތި ދުވަހު އައްޑޫގައި ބަނދަރުކުރާނެ - އެމްއެސްއެސް

އަޙްމަދު ޖަމީލު

logo

12/8/2020, 4:12:21 PM

depositphotos_12080559-stock-photo-cargo-container-ship

އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖެ އަންނަ ކާގޯ ފެރީ ބުރާސްފަތި ދުވަހު އައްޑޫގައި ބަނދަރުކުރާނެކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން ބުނެފިއެވެ.

ގޮސިޔާ

މޯލްޑިވްސް ޝިޕިންގް އިން ބުނީ، ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނަށް އަންނަ ފުރަތަމަ ކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެންނާނެކަމަށެވެ.

މި މަހުގެ ހަވަނަ ދުވަހުގައި ބޯޓް އަންނަން މަސައްކަތް ކުރި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޓުޓިކޮރިންގެ ބަނދަރުން މުދާ އެރުވުމުގައި ދަތިތަކެއް ދިމާވެ، ދަތުރު ލަސްވީ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވަނީ ވިދާޅުވެފަ އެވެ.

އަދި ކޮންމެ 20 ދުވަހަކުން ދަތުރެއް ކާގޯ ފެރީ އިން ކުރުމަށް ހަމަޖެހިފައިވާ ވާހަކަވެސް އެމްއެސްއެސް އިން ވަނީ ބުނެފައެވެ.

މި އަހަރު ރާއްޖޭގައި ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާ އިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުޅުދުއްފުށި ސިޓީ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ކާގޯފެރީގެ ހިދުމަތްތައް ފަށާފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ