logoEN
ކޮކާކޯލާ
ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

އަޙްމަދު ޖަމީލު

logo

11/19/2020, 5:36:46 PM

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްގީ ކުރި އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އަބުޅޯ

މިއަދު ހަވީރު ހޯރަފުށީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އެވެ.

މަރުކަޒީ އުސޫލުން ރާއްޖެ ހިންގަން މި ސަރުކާރުން ކަނޑައަޅާފައިވާ ޕްލޭންގައި ހިމަނައިގެން ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމާލީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.

މި އެއާޕޯޓާ އެކު އެ ސަރަހައްދުގެ ޓޫރިޒަމް ކުރިއަރައި ވަޒީފާގެ ފުރުސަތުތަކާ އެކު ތަރައްގީގެ މަޝްރޫއުތަކަށް ދޮރު ހުޅުވިގެންދާނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ. އެއާޕޯޓުގައި މިދިޔަ ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު ރަސްމީކޮށް ހުޅުވުމާ އެކު ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ