logoEN
ކޮކާކޯލާ
ފީފާ ކްލަބް ވޯލްޑް ކަޕް ފަސްކޮށްފި

ފީފާ ކްލަބް ވޯލްޑް ކަޕް ފަސްކޮށްފި

Admin

logo

11/18/2020, 2:27:32 PM

thumb_96656_default_news_size_5

ކޮވިޑް-19އާ ހެދި މި އަހަރު ޑިސެމްބަރު މަހު ގަތަރުގައި ބާއްވަން ނިންމި ފީފާ ކްލަބް ވޯލްޑް ކަޕް އަންނަ ފެބްރުއަރީ މަހަށް ފަސްކުރަން ފީފާ އިން ނިންމައިފި އެވެ.

އަބުޅޯ

ފީފާގެ އޮފިޝަަލަކު ބުނީ މި އަހަރު ޑިސެމްބަރުގައި ބޭއްވޭތޯ ހުރިހާ ގޮތަކުން މަސައްކަތްކުރުމަށް ފަހު މިހާރު ފީފާ އިން ނިންމާފައިވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 1 އިން 11 އަށް އެ މުބާރާތް ބާއްވާށެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވާނީ ގަތަރުގައެވެ.

އަންނަ އަހަރުގެ މުބާރާތަކީ މިހާރު އޮތް ފޯމެޓަށް އެ މުބާރާތް ކުޅޭނެ އެންމެ ފަހު ފަހަރު ކަމަށްވެސް ފީފާއިން ވަނީ ބުނެފަ އެވެ. ފީފާއިން މީގެ ކުރިން ބުނެފައިވަނީ ކްލަބް ވޯލްޑްކަޕް ފުޅާކޮށް، ޓީމުތައް އިތުރު ކޮށްގެން އައު ފޯމެޓަކަށް ކުޅެން ރާވާފައިވާ ކަމަށާއި، އެ މުބާރާތް ފަށާނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ކަމަށެވެ. އަދި އެ މުބާރާތް ބާއްވަން މިހާރު ޗައިނާއިން ބިޑް ކާމިޔާބުކޮށްފައިވާ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ ލިވަޕޫލުންނެވެ. އަންނަ އަހަރު ފެބްރުއަރީ މަހުގެ މުބާރާތުގައި ޔޫޜަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅޭ ބަޔާން ވަނީ 2013 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ