މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދެކުނުގެ ދެ ސިޓީއަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީއަށް މިއަދު ހަވީރު 5 އިން މިރޭ 10 އާ ހަމައަށެވެ.
މި މުއްދަތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސް މި ދުވަސްވަރުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.