logoEN
cocacola
މިއަހަރުގެ ގޯސިޔާ ރޯދަ މެނޫވެސް ހަމަ އެއްވަނަ!

މިއަހަރުގެ ގޯސިޔާ ރޯދަ މެނޫވެސް ހަމަ އެއްވަނަ!

އަހުމަދު ޝުރާއު

logo

3/24/2023, 10:10:45 AM

IMG_6213-scaled

މިއަހަރުގެ ރޯދަމަސް މިއޮތް ފެށުނީ އެވެ. ކޮންމެ ރޯދަމަހަކާއިއެކުވެސް ގިނަ ބަޔެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ އެއްކަމަކީ އެކި ރެސްޓޯރެންޓުތަކުން ރޯދަވީއްލުމަށް ހުންނަ މެނޫތަކަށެވެ. އަގާއި ރަހައާއި ދިމާވާ ސަޅި ރެސްޓޯރެންޓުތަކަށެވެ.

ގޮސިޔާ

މިގޮތުން މިއަހަރުގެ ރޯދަމަސް ފެށިގެން ދިޔައިރު ހުވަދު އަތޮޅުގއި އެންމެ ޑިމާންޑ ުބޮޑު އެއް ރެސްޓޯރެންޓު ކަމަށްވާ ގޯސިޔާގެ ރޯދަ މެނޫވެސް އެހާމެ ސަޅި އެވެ. ހުވަދު އަތޮޅުގެ ދެކުނުބުރީގެ ވެރިކަން ކުރާ އަދި ގިނަ ބަޔަކު އަބަދުވެސް ޒިޔާރާތްކުރާ ގދ ތިނަދޫގައި ހުންނަ ގޯސިޔާ ރެސްޓޯރެންޓުގެ މިއަހަރުގެ ރޯދަމެނޫ މިއަހަރުވެސް ހުރީ އަތްފޯރާ ފަށެއްގައެވެ. ގޯސިޔާގެ ކޮލެޓީއާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ވަކި ނެތެވެ. އަގާއި ރަހައާއި ދިމާވާނެ އެވެ.

މިދިޔަ އަހަރާއި ހިލާފަށް މިއަހަރުގެ ރޯދަ މެނޫގައި އައިޓަމްތަށްވެސް ގިނަ އެވެ. މިއަހަރުގެ ރޯދަމަހު ގޯސިޔާއިން އިއުލާންކޮށްފައިވާ ރޯދަ ވީއްލާ ޕެކޭޖުތަކުގެ ތެރޭގައި ތިން ޕެކޭޖެއް ހިމެނެއެވެ. އަގުތައް އުޅެނީ އެންމެ 140 ރުފިޔާއިން ފެށިގެންނެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޯދަވީއްލުން 140 ރުފިޔާއަށް ހުރި އިރު ހުކުރު ދުވަހުގެ ރޯދަ ވީއްލުމުގެ އަގު އުޅެނީ 160 ރުފިޔާގައެވެ. އާދީއްތަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހު ވަކި ޕެކޭޖެއް ހުރި އިރު ހޯމަ އާއި ބުރާސްފަތި އަދިި ހޮނިހިރު ދުވަހު ހުރީ ވަކި ޕަކޭޖެކެވެ. ހުކުރު ދުވަހަށް ޚާއްސަ ޕެކޭޖެއްވެސް ހިމެނެއެވެ.

undefined

މިއަހަރުގެ ގޯސިޔާ ރޯދަ މެނޫގައި އިންޑިއާގެ ރަހަތަކާއި އިޓަލީގެ ރަހަތަކުގެ އިތުރުން ދިވެހި ރަހަތަށްވެސް ހިމެނެއެވެ.

ސޯސިޔާ އަކީ ތިނަދޫގައި ހިންގަމުން އަންނަ ދުވަސްވީ ރެސްޓޯރެންޓް ބްރޭންޑެކެވެ. ގިނަ ދުވަސްތަކަކަށްފަހު ގޯސިޔާ އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ރޯދަމަހާ ދިމާކޮށެވެ. ޒުވާން މެނޭޖްމަންޓެއްގެ ދަށުން އަލުން އެ ރެސްޓޯރެންޓު ހުޅުވާފައިވަނީ ޒަމާނީ ބަދަލުތަކާއެކު "މޮޑާން" ކޮށެވެ.

ގޯސިޔާ އަލުން ހުޅުވިގެން ދިޔައިރު އެރެސްޓޯރެންޓުގައި ވީއަޕީ ޚާއްސަ ބަޔަކާއި އައުޓްޑޯ ބައެއްގެ އިތުރުން ޒުވާނުންނަށް ޚާއްސަ ލައުންޖެއްވެސް ވަނީ ހިމެނިގެން ގޮސްފައެވެ. އަދި މުޅި ރެސްޓޯރެންޓުވެސް ފަރުމާކޮށްފައިވަނީ ޒަމާނީ އާކިޓެކްޗާ އަކަށެވެ.

އާއިލީ އަދި ރަހުމަތްތެރިންނާއި އެކު ހިތްފަސޭހަ ރޯދަވީއްލުމަކަށް ގޯސިޔާ އޮތީ ތައްޔާރަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ