logoEN
ޕީއެންސީ 2
ފުޓްބޯޅަ ތާރިހުގައި ސެކްޓިއުޕަލް ފުރިހަމަކުރި ދެޓީމަށްވެސް ކިޔަނީ އެފްސީބީ

ފުޓްބޯޅަ ތާރިހުގައި ސެކްޓިއުޕަލް ފުރިހަމަކުރި ދެޓީމަށްވެސް ކިޔަނީ އެފްސީބީ

ގާފު އެޑިޓޯރިއަލް

logo

2/13/2021, 12:54:36 PM

Et-XNFbWYAsdy05

ފުޓްބޯޅަ ތާރިހުގައިވެސް ސެކްޓިއުޕަލް ނުވަތަ 6 ތަށި ކާމިޔާބުރި ދެޓީމަށްވެސް ކިޔަނީ އެފްސީބީއެވެ.

ޝަރީ 2024

ފުޓްބޯޅައިގައި ސެކްޓިއުޕަލް ނުވަތަ ކުއާޑްރިއުޕަލް މާނަކުރަނީ ޓީމަކުން ސީޒަނެއްގެ ތެރޭގައި މަދުވެގެން ހަތަރު ތަށި ކާމިޔާބުރުމެވެ. އަދި މި ސެކްޓިއުޕަލް ފުރިހަމަކުރި ދެޓީމަކީވެސް ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައިވެސް ދެ ގައުމަކަށް އަދި ދެ ލީގަކަށް ނިސްބަތްވާ ވަރުގަދަ ދެ ކުލަބެވެ. އެއީ ސްޕޭނުގެ ފުޓްބޯޅަ ކުލަބް ބާސެލޯނާ އަދި ޖަރުމަނުގެ ފުޓްބޯޅަ ކުލަބް ބަޔާން މިޔުނިކް އެވެ .

އެގޮތުން ސެކްޓިއުޕަލް ފުރިހަމަ ކުރި ފުރަތަމަ ޓީމަކީ 2009 ވަނަ އަހަރުގެ ބާސެލޯނާ އެވެ . އެއިރުގެ ކޯޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ . ބާސާއިން ވަނީ އެ ސީޒަނުގެ ލަލީގާ , ޗެމްޕިއަންސް ލީގު , ކޮޕާޑެލްރޭ , ޝެޕެނިޝް ސުޕާ ކަޕް , ޔޫއެފާ ސުޕާ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ . އެއިރުގެ ޓީމުގައި ޒަވީ , ޕުޔޯލް އަދި އިނިޔެސްޓާ މެން ފަދަ ގިނަ ލެޖެންޑުން ހިމެނެއެވެ .

ދެން އޮތީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ބަޔާން މިޔުނިކް އެވެ . ފައިނަލުގައި ޓައިގްރެސް ޔޫއޭއެންއެލް ބަލިކޮށް ކުލަބް ވޯލްޑް ތަށި ބަޔާނަށް ލިބުމާއި އެކު އެ ޓީމުން ވަނީ މިދިޔަ ޖުމްލަ 6 ތަށި ކާމިޔާބު ކުރެވިފައެވެ. އެއީ ބުންޑަސްލީގާ , ޗެމްޕިއަންސް ލީގު , ޖަރުމަން ކަޕް , ޖަރުމަން ސުޕާ ކަޕް , ޔޫއެފާ ސުޕާ ކަޕް ގެ އިތުރުން ކްލަބް ވޯލްޑް ކަޕް އެވެ. ކޮވިޑް 19 އާއި ގުޅިގެން ކުލަބް ވޯލްޑް ކަޕް ގެ ފައިނަލް ޖެހުނީ މިސީޒަނަށް ފަސްކުރަންށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ