logoEN
ޕީއެންސީ 2
އަލީ ވަހީދަށް ޖާމިނުވީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، އަސްއަދު

އަލީ ވަހީދަށް ޖާމިނުވީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، އަސްއަދު

އަހުމަދު ޝުރާއު

logo

2/12/2021, 3:04:20 PM

Screenshot 2021-02-12 at 04.51.45

ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު އެ ތަނުގެ ގިނަ އަދަދެއްގެ މުވަައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތާއި އެކު އެމައްސަލަ ފުލުހުން ތަހުގީގުކޮށް ދައުވާ އުފުލައި ޝަރީއަތް ފަށާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާފައިވާ އަލީ ވަހީދަށް ޖާމިނުވީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ކަން ހާމަވެއްޖެ އެވެ.

ޝަރީ 2024

ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހު ތެރޭގައި އެވެ. އެ އަމުރު މުރާޖައާކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި، އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައިއެވެ. އަދި އެއާއެކު އޭނާ ވަނީ ބޭސްފަރުވާއަށް ލަންޑަނަށް ގޮސްފަ އެވެ. އަލީ ވަހީދުގެ މައްޗަށް ވަނީ ހަތް ދައުވާއެއް އުފުލާފައި އެވެ. އަދި ޝަރީއަތް ފެށިތަނުން އޭނާގެ ޕާސްޕޯޓް ދޫކޮށްލައި އޭނާ ފުރައިގެން ދިޔުމާއި އެކު ސަރުކާރާއި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުރުން ކްރިމިނަލް ކޯޓަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ.

އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ބާތިލްކުރީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ބަހަށް ފަހު ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އަލީ ވަހީދު ބެއްލެވި ކަށީގެ ހާއްސަ ޑޮކްޓަރު ، ޑރ. ޝާން ވިދާޅުވީ، މެޑިކަލް ލިޔުންތަކުގައި މައިބަދައިގެ ޑިސްކް މައްސަލައަކާ ގުޅިގެން ސާޖަރީއެއް ހެދުމަށް އަލީ ވަހީދަށް ޑޮކްޓަރު ލަފާދީފައިވާކަމަށެވެ. އެގޮތުން އެ ސާޖަރީ އަކީ ރާއްޖެއިން ހެދޭ ސާޖަރީއެއް ނަމަވެސް ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމުގައި ޑރ. ޝާން ލަފާދެއްވި ކަމަށެވެ.

މިއާއި އެކު ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ފުރުން މަނާކޮށް ނެރުނު އަމުރު ބާތިލް ކޮށްފަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ހަތަރު މަހަށް ވަނީ ދޫކޮށްލައިފަ އެވެ. އަދި މި އަމުރާއި އެކު އަލީ ވަހީދާ ޖާމިނުވާނެ ފަރާތެއް ހުށަހަށަހެޅުމާއި އެކު ފުރޭނެ ކަމަށް މައްސަލަ ބެއްލެވި ގާޒީ ވަނީ ނިންމަވާފައިއެވެ. އެގޮތުން އަލީ ވަހީދު ޖާމިނުވާނެ ފާރާތެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ( އަޑުބަރޭ ) އެވެ. އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ. އަލީ ވަހީދު މި މުއްދަތުގެ ތެރޭގައި ރާއްޖެ ނައިސް ފިލައިފި ނަމަ އަޑުބަރޭއަށް އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ. އޭނާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އެއީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުން ޝަކުވާ ހުށަހެޅީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެއާއި އެކު ވަގުތުން އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި ނަމަވެސް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކިކުރެއްވީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ