
big_qOy9bxQKgbApcMzanL2U5knTG
އަތޮޅުތަކުގައި ލެބޯޓްރީ ސާމަޕްތައް އުފުލުމަށް 13 ސްޕީޑް ބޯޓު ގަތުމަށް ހެލްތު މިނިސްޓްރީން ގަލްފް ކްރާފްޓް މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަޙުމަދު އާދިލް އެވެ. އަދި ގަލްފް ކްރާފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރ ކޯސްޓާސް އެލިއޯޕްލަސް އެވެ.
ވަރލްޑް ބޭންކް އަދި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނަސް ޕްރޮޖެކްޓުގެ ދަށުން 13 ސްޕީޑް ބޯޓް ގަތުމަށް ގަލްފް ކްރާފްޓް މޯލްޑިވްސްއާއި އެކު އެއްބަސްވީ 31 މިލިއަން ރުފިޔާގެ އަގަކަށެވެ.
އެއްބަސްވުމުގައި ވާގޮތުން ގަލްފް ކްރާފްޓުން އެއް އަހަރުގެ ތެރޭގައި މި އުޅަނދުތައް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކުރަން ޖެހޭނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ސްޕީޑް ބޯޓުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ، ލެބޯޓަރީ ސާމްޕަލްތައް ލެބޯޓަރީތަކާއި ހަމައަށް އުފުލުމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި މިހާރު ހިންގަމުން އަންނަ އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ކަމަށެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށްވެސް މިއުޅަނދުތައް ބޭނުންކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ކަމުގެ ސަބަބުން މިވަގުތު ލެބޯރޓްރީ ނެތްރަށްރަށުންނާއި ބައެއް ޓެސްޓްތައް ނެހެދޭ ލެބޯރޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަވެ އަދި ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންގެ ޚި ދުމަތާއި އަދި އެނޫންވެސް ޙިދުމަތްތަކާއިއެކު އައުޓް ރީޗް ޕްރޮގްރާމްތައް އެއަތޮޅެއްގެ ރަށްތަކަށް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
%20(2).jpeg?w=3840&q=75)




%20(2).jpeg?w=3840&q=75)






