


%20(3).jpeg?w=3840&q=75)




IMG_5834
ގދ ތިނަދޫގައި މިމަހު ބާއްވާ 13 ވަނަ މަކިޓާ ޖޫނިއާ އެތުލެޓިކްސް މުބާރާތަށް މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެ އެވެ.
މިއަދު " ގާފު " އަށް ދެއްވި އިންޓަވިއުއެއްގައި ސައުދު ވިދާޅުވީ މިއަދާއި ހަމައަށް 43 ސްކޫލަކުން މި މުބާރާތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ތިނަދޫގައި އެތްލީޓުންނަށް އެކޮމަޑޭޓް ކުރެވޭ އަދަދަށް ބެލުމަށްފަހު ބައިވެރިވާ ސްކޫލުތަކުގެ އަދަދު އަދިވެސް އިތުރުވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ސައުދު ވިދާޅުވީ މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ސްކޫލުތަކުގެ އެތުލީޓުންނަށް ބަލާއިރު މުބާރާތުގައި 1900 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މުބާރާތަށް ތިނަދޫ ކައުންސިލާއި ތިނަދޫގެ އެކި މުވައްސަސާތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ސައުދު ވަނީ މުބާރާތް ގާތްވެފައިވާއިރު ތިނަދޫގެ މަގުތަކާއި އެކި ތަންތަން ސާފުތާހިރުކޮށް ބޭއްވުމަށް އެދިފައި އެވެ. އަދި ފަޅު ގޯތިތަށްވެސް ސާފު ކުރުމަށް ނަސޭހަތްތެރިވެފައި އެވެ.
މަކިޓާ ޖޫނިއާ އެތްލެޓިކްސް މުބާރާތް އޮންނާނީ އޮކްޓުބަރ 23 ން 27 އަށް ތިނަދޫ ޒޯން ސްޓޭޑިއަމްގައި އެވެ.



%20(3).jpeg?w=3840&q=75)




