




%20(1).jpeg?w=3840&q=75)



އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ނަޖުމުﷲ ޙަސަން (35އ) އާއި ޢާޒިމް މުފީދު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) އާއި މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި އަޙްމަދު ނޫޙު ނިޔާޒު (20އ) އާއި މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) އެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އާއި، ނަޖުމުﷲ ޙަސަން (35އ) އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، ޢާޒިމް މުފީދު (24އ) 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށް ކަމަށް ވެސް ބުނެއެވެ.

މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.








