
ފުލުހުންގެ މައި ޢިމާރަތް
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސްކޫލު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިއީ އެއް ރަށަކުން ހުށަހެޅިފައިވާ ދެ މައްސަލަ ކަމަށާއި، މި ދެ މައްސަލައިގައި ތުހުމަތު ކުރެވެނީވެސް ތަފާތު ދެ މީހަކަށް ކަމަށް ފުލުހުން ބުނެއެވެ. އަދި ފުރަތަމަ މައްސަލައަކީ އެ ރަށު ސްކޫލުގެ ޓީޗަރަކު، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށާއި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު 11 ވަނަ ދުވަހު ކަމަށް މީޑިއާ އަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު އޮކްޓޫބަރު 14 ވަނަ ދުވަހު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
ދެވަނަ މައްސަލައަކީ 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ސްކޫލު ޓީޗަރަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށާއި މި މައްސަލަ ހުށަހަޅާފައިވަނީ އޮކްޓޫބަރު 17 ވަނަ ދުވަހު ކަމަށް ބުނެއެވެ. މި މައްސަލައާ ގުޅިގެންވެސް ކޯޓު އަމުރެއްގެ ދަށުން 52 އަހަރުގެ ބިދޭސީ ފިރިހެނަކު އޮކްޓޫބަރު 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ އިދާރާއިން މިހާރު ދަނީ މި މައްސަލަަތައް އިތުރަށް ތަހުގީގުކުރަމުންނެވެ.




%20(1).jpeg?w=3840&q=75)




%20(1).jpeg?w=3840&q=75)


.jpeg?w=3840&q=75)



