

.jpeg?w=3840&q=75)






capture
ރާއްޖޭގެ ހަތަރު ރަށެއްގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މި ބައި އިލެކްޝަންތަކަކީ ށ. މާއުނގޫދޫ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިހާބު ކުރުމެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެ ބައި އިލެކްޝަންތައް މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށް ދާނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން މިހާތަނަށް އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ހަތަރު ބައި-އިލެކްޝަނަށް 234 މީހަކު ވަނީ ވޯޓް ލާފައެވެ. މިހާތަނަށް އައިއިރު، 93.86 އިންސައްތަ މީހުން އަދި ވޯޓް ނުލާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މި މަހުގެ 22 ވަނަ ދުވަހު ވ. ތިނަދޫ، ވ.ފެލިދޫ އަދި ހއ.ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ވެސް ބޭއްވުމަށް އީސީއިން ވަނީ ނިންމައިފައެވެ.


.jpeg?w=3840&q=75)

