


.jpeg?w=3840&q=75)





323908_3_8dc97d45710a0b134fb973cce0facefa9b4214ae_large
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިތުރު 23 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މިކަން ހާމަކޮށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ރީ-ރަޖިސްޓާ ކުރާ އަދަދަށް ބަލާ އެ ރިސޯޓުތަކުގައި ފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 ފަރާތަކުން ރީ- ރަޖިސްޓްރޭޝަން ފޯމު މި މަހުގެ 17 އިން ފެށިގެން، 31 ގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، މިހާތަނަށް ވޯޓުފޮއްޓެއް ބެހެއްޓުމަށް ބޭނުންވެގެން އެދިފައި ނެތް 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓްލުމަށް 604 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފަ އެވެ. އޭގެ ތެރެއިން 78 ފޮށި ބަހައްޓާނީ އެކި ރިސޯޓްތަކުގަ އެވެ.
ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވައިލާފައި ވަނީ މިމަހުގެ 16 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރީ- ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.



.jpeg?w=3840&q=75)
