






.png?w=3840&q=75)

b_IAmDn6ObMHWk9xnr1JOoZiyUf
ގއ. ވިލިނގިލީގައި ގުދަނެއްގެ ފުރާޅުން ވަގަށް ޓިނު ނެގި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ސައުތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ގއ. އަދި ގދ. އަތޮޅު ސަބް ރީޖަންގެ ކޮމާންޑަރު، ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސެއިން ވިދާޅުވީ، މިމަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި ގއ. ވިލިނގިލީގެ ހިއްކި ސަރަހައްދުގައި ހުރި ގުދަނެއްގެ ފުރާޅުން ޓިނު ނެގި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނާހިދު ވިދާޅުވި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ ރެކޯޑު ހުރި މީހެކެވެ.




