








247015_6c4c0f69-4_-800x533
ހަރުކަށި ފިކުރާއި ދެކޮޅަށް ބާއްވާ ބައިނަލްއަގްވާމީ މަޝްވަރާތަކުގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ ބައިވެރިވުން ބޭނުންވާކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިގޮތަށް ބުނެފައިވަނީ މިހާރު ކުރިއަށްދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މާރިޔާ ވިދާޅުވީ، ރާއްޖޭގެ ދީނީ އިލްމުވެރިންގެ ފަރާތުން ބޭނުންވާ މަޝްވަރާއާއި ބައިވެރިވުން ނުފެންނަކަމަށެވެ.
އަދި ހަރުކަށި ފިކުރާ ދެކޮޅަށް އަދި ދީނުގެ ރަނގަޅު ގޮތްތައް ބުނެދިނުމަށް ބޭރުންނާއި ރާއްޖޭގެ ބައެއް އިލްމްވެރިންނާއެކު ބާއްވާ މަޝްވަރާތަކުގައި އިލްމީ ބަހުސެއް ކުރުމަށްވެސް ދީނީ އިލްމުވެރިން ބައިވެރިވުން ނުފެންނަ ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވަނީ، އެމަޝްވަރާތަކުގައި ސައުދީއާއި ޔޫއޭއީ ފަދަ ތަންތަނުގެ ޔުނިވަރސިީތަކުންނާއި އެކި ޖަމާއަތްތަކުން ދީނީ އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރެއްވާފައެވެ. އެހެންކަމުން ކުރިއަށް އޮތް މިފަދަ ބައްދަލުވުންތަކުގައިވެސް ރާއްޖޭގެ ދީނީ އިލްމުވެރިންގެ ބައިވެރިވުން ފެންނަން ބޭނުންވާކަމުގައި މާރިޔާ ވިދާޅުވިއެވެ.








