
.jpeg?w=3840&q=75)





.jpg?w=3840&q=75)

4016
ޅ ނައިފަރު ބަނދަރުގައި އޮތް ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ ޅ.ނައިފަރު ބަނދަރުގައި އޮއްވައި ދިޔަވި ދޯންޏެއް ފެންމަތިކުރުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، އެފްއާރުއެސް ކޮމްޕޯނަންޓުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"ފަރިމާ" ނަމަކަށް ކިޔާ އެ ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، އެފްއާރުއެސް ކޮމްޕޯނަންޓަށް ލިބުނީ މިއަދު ހެނދުނު 07:30 ހާއިރުއެވެ.
މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، އެފްއާރުއެސް ކޮމްޕޯނަންޓުގެ ސިފައިން ވަނީ، ދޯނި އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ދޯނިން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

.jpeg?w=3840&q=75)






