
dasa
ބ އޭދަފުށީގައި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
މިއަދު ޔޫތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު ހަވާލުކުރީ ތްރީ ޓްރީ މޯލްޑިވްސް އާއި އެވެ. މިކަމުގެ އެއްބަސްވުމުގައި ތްރީ ޓްރީ މޯލްޑިވްސް އާއި ޔޫތްމިނިސްޓްރީއާއި މެދު މިއަދު ވަނީ ސޮއިކޮށްފައެވެ.
މި މަސައްކަތަށް ހަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 1،479،532.68 ރުފިޔާއެވެ.
މި މަޝްރޫއަށް ހަރަދުކުރުމަށް ނިންމާފައިވަނީ ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުންނެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރަން ޔޫތު މިނިސްޓްރީން އަންނަނީ އެކި ފަރާތްތަކާ ހަވާލު ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ މަސައްކަތްތައް ނިމި، އެ ވަސީލަތްތަކުގެ ބޭނުން ރަށްރަށުން އަންނަނީ ހިފަމުންނެވެ.












