
305403900_452018413621303_5006282060213404681_n
ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ހުއްޓުވައި މާލެ ވައްދައިފިއެވެ.
މެރިން ޕޮލިސް އިން ބުނެފައިވާ ގޮތުގައި، މިއަދު މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރަމުންދިޔަ "ސައުތުލައިން" ބޯޓު ގަވާއިދާ ޚިލާފަށް މުދާ ބަރުކޮށްފައިވާތީ، ބޯޓު ހުއްޓުވައި މާލެ ވައްދާފައިވާ ކަމަށެވެ.
އަދި ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ބޯޓު އިތުރަށް ދަތުރުނުކުރުމަށް އަންގާފައިވާ ކަމަށްވެސް މެރިން ޕޮލިސް އިން ބުނެފައިވެއެވެ.
މެރިން ޕޮލިސް އިން ވަނީ، މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ދަތުރުކުރުމަށާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ނަސޭހަތްތެރިވެފައެވެ.












%20(1).jpeg?w=3840&q=75)