
278698074_364060442417101_1181508125317275368_n
ކަނޑުމަތިން އޮޔާދިޔަ މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
މެރިން ޕޮލިހުން ބުނީ މިއަދު މީހަކު އޮޔާދަނިކޮށް ބަނާނާ ރީފް ކައިރިން ސަލާމަތްކޮށްފައިވާ ކަމަށެވެ.
އޭނާ ސަލާމަތްކޮށްފައިވަނީ މިއަދު މެންދުރު 13:05 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީ ބޭރުން މޫދަށް އެރިގެން އުޅުނު ވަގުތު އޮޔާދަނިކޮށް ކަމަށް މެރިން ޕޮލިހުން ވަނީ ބުނެފައެވެ.
އޭނާ ކަނޑުމަތިން ސަލާމަތްކޮށް ހުޅުމާލެ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް މެރިން ޕޮލިހުން ބުނެއެވެ.
މީހުން އޮޔާދިޔުމުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވެއެވެ. އެގޮތުން ބައެއް މީހުން ކަނޑުމަތިން ގެއްލިފައިވެސްވެއެވެ.












%20(1).jpeg?w=3840&q=75)