








285832436_5061343773961228_615492206718499375_n
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ، ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އެކައުންޓިންގ ސެޝަންތަކެއް ނަންގަވައިދެއްވައިފިއެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ، މެމްބަރު ޔައުޤޫބްގެ ފަރާތުން އެސްކޫލުގެ ގްރޭޑް 9 އަދި 11 ގެ ދަރިވަރުންނަށް، ޚާއްސަ އެކައުންޓިންގ ސެޝަންތަކެއްވެސް ނަންގަވައިދެއްވާފައިވާ ކަމަށެވެ.
މެމްބަރު ޔައުގޫބަކީ އެކައުންޓިން ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސަޓިފައިޑް އޮޑިޓަރެކެވެ.
ދަރިވަރުންނަށްޓަކައި، އަގުހުރި ވަގުތުކޮޅެއް ހުސްކޮށްދެއްވިކަމަށްޓަކައި، އެ ސްކޫލުގެ މެނޭޖްމަންޓުން ވަނީ މެމްބަރު ޔައުޤޫބަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.








