



.jpg?w=3840&q=75)



.jpeg?w=3840&q=75)
Faresmaathoda
ގދ. ފަރެސްމާތޮޑާގައި ގާއިމްކުރާ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ޔޫތް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނީ، .ފަރެސްމާތޮޑާ ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މައުލުމާތު ދިނުމުގެ ސެޝަން މިމަހުގެ 12 ވަނަ ދުވަހުގެ 11:00 އަށް ތާވަލްކޮށްފައިވާއިރު، ބިޑު ހުށައެޅުން ތާވަލް ކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ.
މައުލުމާތު ދިނުމަށް ބާއްވާ ސެޝަނާއި ބިޑު ހުށައެޅުން އޮންނާނީ ޔޫތު މިނިސްޓްރީ ހިންގާ، ވެލާނާގޭގެ ތިން ވަނަ ފަންގިފިލާގައެވެ.




.jpg?w=3840&q=75)



