








villingilli- ވިލިނގިލި
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ގއ. ވިލިނގިލީގައި ކޯސްތަކެއް ފަށަން އިއުލާންކޮށްފިއެވެ.
ވިލިނގިލީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ މަރުކަޒުން ތިނަދޫގައި ފެށުމަށް ހަމަޖައްސާފައިވަނީ ތިން ކޯހެކެވެ. އެއީ ޤިރާއަތު ލެވެލް 1, ޤިރާއަތު ލެވެލް 2 އަދި ޤިރާއަތު ލެވެލް 3 އެވެ.
ޤިރާއަތު ސެޓްފިކެޓް 1 ގެ ޝަރުތުތަކަކީ ގްރޭޑް 7 ނިންމާފައިވުމާއެކު މަރުކަޒުގެ އިންޓަވިއުއިން ފާސްވުމާއި އުމުރުން 16 އަހަރު ފުރިފައިވުމެވެ. 8 ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޯހުގައި 30 ކުދިންގެ ޖާގައަށް ހުޅުވާލާފައިވެއެވެ. ޤިރާއަތު ސެޓްފިކެޓް 2 ގެ ޝަރުތު ތަކަކީ ޤިރާއަރު ސެޓްފިކެޓް 1 ފުރިހަމަކޮށްފައިވުމާއި މަރުކަޒުގެ އިންޓަވިއުއިން ފާސްވުމެވެ. އެ ކޯހުގެ މުއްދަތަކީ 1 ސެމިސްޓަރ އެވެ. އަދި އެ ކޯހުގައި ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވަނީވެސް 30 ކުދިންނަށެވެ.
ޤިރާއަތު ސެޓްފިކެޓް 3 ގެ ޝަރުތުތަކަކީ ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށްފައިވުމާއެކު މަރުކަރުންދޭ އިންޓަވިއުއިން ފާސްވުމެވެ. 30 ކުދިންގެ ޖާގައަށް ހުޅުވާލައިގެން ކުރިއަށްދާ މި ކޯހުގެ މުއްދަތަކީ 2 ސެމީސްޓަރ އެވެ.
ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކުރި ގޮތުގައި އެ ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 12 ޖުލައި އިން ފެށިގެން އެ މަރުކަޒުގެ މާލޭ އޮފީހުންނާއި ވިލިނގިލީ ގޮފިން ލިބެން ހުންނާނެ އެވެ. އަދި އޮންލައިން މެދުވެރިކޮށް އެ މަރުކަޒުގެ ވެބްސައިޓު, www.chq.gov.mv އިން ވެސް ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މި ކޯސްތަކަށް ފޯމު ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 13:00 ގެ ކުރިން ވިލިނގިލީ ކައުންސިލްގެ އީމެއިލް, [email protected] އަށެވެ.




