
yTdunAcCesM2JpgskfGw
މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޚާއްޞަ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމައިފި އެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން މީރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ކަމަށާއި މިއީ ޓެލެފޯން، އީ-މެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މިގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެހީތެރިކަމަށް އެދޭ ފަރާތްތަކުގެ އަދަދަށް ބަލައި މީރާގެ ބްރާންޗް ތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މިއާއި އެކު 2021 ވަނަ އަހަރު 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުމަށް އިޚްތިޔާރު ކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުމަށް އެހީތެރިކަން ބޭނުން ނަމަ މި ޕްރޮގްރާމް މެދުވެރިކޮށް އެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)

.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)


