.jpg?w=3840&q=75)

.jpg?w=3840&q=75)
.jpeg?w=3840&q=75)





medium_108012
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަސް އިތުރު 4 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އިތުރު ހަތަރު ކުންފުންޏަކަށް އެމިނިސްޓްރީން ހުއްދަ ދީފައިވާކަމަށެވެ.
އެ ހުއްދައިގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިއަދު އިތުރަށް ހުއްދަ ދީފައިވަނީ:
ޒާއިރު ޕްރައިވެޓް ލިމިޓެޑް
ރައުޟާ ޕްރައިވެޓް ލިމިޓެޑް
އުޙުދު ޙައްޖު އެންޑް ޢުމްރާ
އަލް މުސާފިރު ޕްރައިވެޓް ލިމިޓެޑް
އިސްލާމިކް މިނިސްޓްރީން މިއަދު ހުއްދަ ދިން 4 ކުންފުންޏާއެކު ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނީގެ އަދަދު 41 އަށް އަރައެވެ.
.jpg?w=3840&q=75)

.jpg?w=3840&q=75)
.jpeg?w=3840&q=75)




