
velana
އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރު ފަހު 1 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މަސައްކަތްތައް ރާވާ އިރު، މި ބަދަލަށް ސަމާލުކަން ދޭން ވާނެކަމަށެވެ.
ކޮންމެ ރޯދަމަހަކީވެސް ރަސްމީ މަސައްކަތު ވަގުތު ކުރު މަހެކެވެ. ސިވިސް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އަމިއްލަ އޮފީސްތަކާއި އަމިއްލަ މަސައްކަތުގައި ވެސް ރޯދަމަހު މަސައްކަތުގެ ވަގުތު ކުރު ކުރެއެވެ.
ރޯދަ މަހު ފުރަތަމަ ދުވަހަކީ އަންނަ އޭޕްރިލް މަހުގެ 2ވަނަ ދުވަހެވެ.















