
IMG_9067-1
ގއ. ކޮލަމާފުށީގައި އެސްޓީއޯގެ ބޭސްފިހާރައެއް އިމާރާތް ކުރުމަށް އެކުންފުނިން ހުޅުވާލައިފިއެވެ.
އެސްޓިއޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮލަމާފުށީގައި އެޅުމަށް ހަމަޖެހފައިވަނީ 225 ނުވަތަ 300 އަކަފޫޓުގެ ފާމަސީއެއް އިމާރާތެއް ކަމަށެވެ. އަދި އެ ބިޑުގައި ރަޖިސްޓްރީ ވާ ފަރާތަކީ އެ ރަށުގައި އެފަދަ މަސައްކަތް ކުރާ ފަރާތެއް ކަމުގައި ވާން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި އެ ބާވަތުގެ (ކޮންޓްރަކްޝަން) މަސައްކަތް ކުރާ ފަރާތަކަށްވުން.
ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، 200،000.00ރފ (ދެ ލައްކަ ރުފިޔާ) އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވުން.
ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުން. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެ
ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްކަމުގައި ވަނީނަނަމަ، ސިޓީއާއި އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެ. އަމިއްލަ ފަރާތްތަކުގެ ނަމުގައި ހުށަހަޅާ އެފަދަ ސިޓީ ބަލައި ނުގަނެވޭނެ.
ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެ ސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.
ރަޖިސްޓްރީ ވުމަށް ހުށަހަަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ރަޖިސްޓަރ ކުރާ ފަރާތަކީ ފާމަސީ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ރަށުގައި އެ ބާވަތުގެ މަސައްކަތް ކުރާ ފަރާތެއްކަން އަންގައިދޭ އެރަށެއްގެ ކައުންސިލުން ދޫކުރާ ލިޔުމާއި، ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ރިފަރެންސް ދައްކުވައިދޭ ސިޓީ ހިމެނެއެވެ. ބިޑުގައި ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭނީ އިމެއިލް މެދުވެރިކޮށް، [email protected] އަށެވެ.
ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2022 މާރޗް 01 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2022 މާރޗް 05 ވާ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެ ކަމަށާއި، އަދި 2022 މާރޗް 06 ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވާނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
ބީލަން ހުށަހަޅަންވާނީ 2022 މާރޗް 09 ވަނަ ދުވަހު 1100 ގެ ކުރިން [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)




