




.jpg?w=3840&q=75)



Recipew_Poster
ގާފު ރެސިޕީގެ މިއަދުގެ ރެސިޕީއެއްގެ ގޮތުގައި މިގެނެސްދެނީ ވޯޓާމެލަން ( ކަރާ ) ގްރަނިޓާ އެވެ.
1 ކިލޯ ކަރާ
200 ގްރާމު ހަކުރު
200 އެމްއެލް ފެން
ފުރަތަމަ ކަރާގެ ތޮށި މަށާލުމަށް ފަހު އެތެރޭގައި ހުންނަ އޮށްތައް ނަގާނީއެވެ.
އެއަށް ފަހު ހިމުން ވަންދެން މިކްސްޗަރުން ގިރާލާނީއެވެ.
އޭގެ ފަހުގައި ފެނާއި ހަކުރު ގިރުމަށްފަހު ހޫނު ވަންދެން ކައްކާށެވެ.
އަދި ކެއްކި ހަކުރު ހިހޫވުމުން ހިމުންކުރި ކަރަޔާ އެއްކުރުމަށްފަހު ފްރީޒަރަށް ލާށެވެ.
ދެން ކޮންމެ 15 މިނެޓަކުން ދޮޅުގަޑިއިރުވަންދެން އެއްކުރާށެވެ.
ކަރާ ގްރަނިޓާ ތައްޔާރުކޮށް ނިމުމުން ހުންނާނީ ސްނޯ ހެންނެވެ.




