






.jpeg?w=3840&q=75)

އުއްމީދަކީ އަންނަ އަހަރު ރަސްމާލެއިން ގޯތި ދޫކުރުން ކަމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރަސްމާލޭ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނައިރު، ވަޒީރު ވިދާޅުވީ އެތަނުގެ މާސްޓަރ ޕްލޭން ތައްޔާރުކުރާއިރު ބަލާނީ އާއިލީ ބޯހިޔާވަހިކަމުގައި ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތުހަމާވާ ފަރާތްތަކަށް ގޯތިދެވޭނެ ގޮތަކަށްކަމަށެވެ.
މީގެއިތުރުން މުސްތަޤްބަލުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ ފަދަ ގޮތަށް ވެސް ބައްލަވާނެ ކަމަށާއި ރަސްމާލެ މާސްޓަރ ޕްލޭން ތަައްޔާރުކުރުމުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ 20 އަހަރުތެރޭގައި 150،000 މީހުންނަށް ބޯހިޔާހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުންކަމަށްވާއިރު، ރަސްމާލެއަކީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވި ހިންގަން ނިންމާފައިވާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢެކެވެ. އެތަނަށް ކަރަންޓު ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.