





.jpeg?w=3840&q=75)


ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ވައި ނުސާފުވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މުޅި ރާއްޖެއަށް ވެސް ދުންފުހުގެ އަސަރު ކުރަމުންދާ ކަމަށެވެ.
ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިކަމުގެ އަސަރު ކުރަމުންދާކަން ފާހަގަކޮށް ބުނީ އެ ސަރަހައްދުތަކަށް ދުރުފެންނަ މިންވަރު ދެ ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށެވެ.
މީގެއިތުރުން ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަވަގުތު އުޅޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށް ވަނީ ބޭރަށް ނުކުމެ އުޅޭއިރު މާސްކު ބޭނުންކުރުމަށް އިރުޝާދު ދީފައެވެ.




