



.jpeg?w=3840&q=75)




ބީއެމްއެލް ކާނިވާ- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “މިނިވަން ކާނިވާ 44” ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިއީ ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ކާނިވާ ބާއްވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.
މިކާނިވަލުގައި އަގުބޮޑެތި އިނާމުތައް ލިބުމުގެ ފުުރުސަތު ހުޅުވާލާފައިހުރި އިރު، މުނިފޫހިފިލުވުމުގެ ގޮތުން އެކި އުމުރުފުރާގެ ރައްޔިތުންނަށް ހާއްސަ ހަރަކާތްތަކާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެކި ބާވަތްތަކުގެ ތަކެއްޗާއި، ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ސްޓޯލްތައް މިކާނިވާގައި ބަހައްޓާފައި ހުރިއެވެ.
ކާނިވަލްގެ އެންމެ ހާއްސަ އިނާމެއްގެ ގޮތުގައި ހިމަނާފައިވަނީ 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހަދާ ކޮންމެ ފަރާތަކަށްވެސް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި އެވެ. އަފި މި ކާނިވާ ނިންމުމުގެ ހަރަކާތުގައި ލަކީޑްރޯއިން ހޮވުނު ނަސީބުވެރި 5 ފަރާތަކަށް މެކްބުކް ނިއޯއެއް އަދި 2 ފަރާތަކަށް ބެޓެރީ ސައިކަލެއްވެސް ހަވާލުކޮށްފައިވެ އެވެ.
މި ކާނިވާ އާއި ގުޅިގެން ބީއެމްެއެލުން ބުނީ މިއީ ބޭންކާއި އާއްމު ރައްޔިތުންނާ އޮތް ގުޅުން ބަދަހިކުރުމަށާއި ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ދިނުމަށް ބޭއްވި ކާނިވަލެއް ކަމަށެވެ.އަދި ކާނިވާގެ މައިގަނޑު މަގުސަދަކީ ކޮމިއުނިޓީ އެއްވެލާ ފެމިލީއާއި އެކީގައި ވަގުތު ހޭދަކޮށްލާނެ ރަނގަޅު މާހައުލެއް ގާއިމުކުރުމާއި، ކުދި ވިޔަފާރިތަކަށް އިތުރަށް ސަަޕޯޓްދިނުންކަމަށެވެ.




.jpeg?w=3840&q=75)



