






%20(1).jpeg?w=3840&q=75)

ބ. ތުޅާދޫ ކައިރީގައިވާ މަސްކޮޅު ނަންބަރު F08D03 ގައި 'ސްޕޮޓަރ' ރާޅު މޮނިޓަރިން ނިޒާމެއް ބަހައްޓައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ "ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ބެހެއްޓި ނިޒާމެކެވެ.
މި ނިޒާމަކީ ދިވެހި ކަނޑުގެ ރާޅުތަކާއި ކަނޑުގެ ހާލަތާ ބެހޭ މުހިންމު މައުލޫމާތު ދިނުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ބަހައްޓާ މިފަދަ ނިޒާމުތަކުގެ ސަބަބުން، ދިވެހި ކަނޑުތަކުގެ ރާޅުތަކާއި ކަނޑުގެ މާހައުލަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް ލިބިގެންދާނެއެވެ. މިއީ ރާޅުތަކުގެ އުސްމިނާއި މިސްރާބާއި، ކަނޑުގެ ދިމާލަށް އަރާ ފައިބާ މިންވަރު ފަދަ މައުލޫމާތުތައް އެއްކޮށް، ސައިންޓިފިކް ދިރާސާތަކަށް އެހީތެރިވެދޭނެ ކަމެކެވެ.
މީގެ ސަބަބުން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތައް އިތުރަށް ދެނެގަނެ، އެކަންކަމަށް ތައްޔާރުވުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.




