
-
ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް ސިޔާސީ ދާއިރާއިން އޮނަރަރީ ޑޮކްޓަރޭޓް (ޑޮކްޓަރ އޮފް ފިލޯސަފީ އިން ޕޮލިޓިކްސް) އަރުވައިފިއެވެ.
މި ޝަރަފު ރައީސަށް އެރުވީ އެމަނިކުފާނާއި ސަރުކާރުގެ އިސްވަފުދުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވީ، މިއީ އެމަނިކުފާނުގެ ޙިކުމަތްތެރި އަދި ދުރުވިސްނޭ ލީޑަރޝިޕާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވުނު މަތިވެރި ޝަރަފެއް ކަމަށެވެ.
މި އެވޯޑު އެރުވުމާއެކު ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާކަން ހާމަވެގެން ގޮސްފައިވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ތަޢުލީމީ އަދި ސަޤާފީ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ކަމެކެވެ.
މިއީ ރައީސުލްޖުމްހުރިއްޔާއަށް ގައުމަކުން އެރުވި ދެވަނަ އޮނަރަރީ ޑޮކްޓަރޭޓް ކަމެވެ. އެގޮތުން މިދިޔަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީކަން އަރުވާފައެވެ.












.jpeg?w=3840&q=75)



