
.jpg?w=3840&q=75)



.jpg?w=3840&q=75)


.jpg?w=3840&q=75)
ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ. އަދި ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމުގައި އަދި ވަކިން ޚާއްސަކޮށް މަތީ ތަޢުލީމު އުނގެނޭނެ ދާއިރާ ޚިޔާރުކޮށް ކުރިއަށްދިޔުމުގައި މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއްކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އިމްތިޙާނަށް ތައްޔާރުވުމަށް ކުދިން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި މާތްﷲގެ ހެޔޮ ރަހުމަތްފުޅުން މި އިމްތިޙާނުގައި ފަސޭގައި މޮޅަށް ޖަވާބުދީ އެންމެވެސް ފަޚުރުވެރިވާނެ ފަދަ ނަތީޖާއެއް ހުރިހާ ކުދިންވެސް ޤައުމަށް ހޯދައިދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިޙާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުގެ 4 ސެންޓަރެއްގައި އިމްތިޙާނު ހަދާ 3284 ދަރިވަރުންނާއި އަތޮޅުތަކުގެ ރަށްރަށުގެ 49 ސެންޓަރުގައި އިމްތިޙާނު ހަދާ 1689 ދަރިވަރުންނެވެ.
މިއާއެކު އޯލެވެލް އަދި އޭލެވެލް އިމްތިޙާނު އެއް ވަގުތެއްގައި މިއަހަރު ރާއްޖޭގައި ކުރިއަށްދާނެއެވެ. އޯލެވެލް އިމްތިޙާނު މިމަހުގެ 20 ފެށިގެން އަންނަ ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު އޭލެވެލް އިމްތިޙާނު މިމަހުގެ 27 އިން އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

.jpg?w=3840&q=75)



.jpg?w=3840&q=75)


