

.jpg?w=3840&q=75)

.jpg?w=3840&q=75)
.jpeg?w=3840&q=75)



ރާއްޖެ އާއި ލަންކާ ވާދަކުރި މެޗުގެ ތެރެއިން ..ފޮޓޯ: އަދަދު ސްޕޯޓްސް
މިޔަންމާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް 2027، ކޮލިފައިންގެ ޑިވޮލަޕްމަންޓް ފޭސް ގުރޫޕް ކޭގައި މިރޭ ލަންޑާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރާއްޖެ އިން މުބާރާތުގެ ކޮލިފައިން ފޭސްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބުރޫނާއީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލަނކާގެ ފުރަތަމަ މެޗުގައި މިޔަންމާ އަތުން އެޓީމު ބަލިވީ ވެސް 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއްް ތަނަވަސްކޮށްފައެވެ. އަދި ރާއްޖެ އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު ދިވެހި ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިލާން އިމްރާން މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައި 1-0 ގެ ނަތީޖާއަކުން ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ރާއްޖެ އިން ފެށީ އިތުބާރާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ޝަމްހާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރާއްޖޭގެ ލީޑު ފުޅާކޮށްދީފައެވެ.
ރާއްޖެ އިން ދެލަނޑުގެ ލީޑަކާއެކު ކުޅެމުންދަނިކޮށް ލަންކާ ޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 63 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ފާރިގްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑުދައްލައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި ލަންކާ ޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ލަންކާ އިން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ރާއްޖެ އިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 78 ވަނަ މިނެޓާއި 80 ވަނަ މިނެޓުގައި ނައްސާހު ވަނީ ދެލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަަދަލުކޮށްފައެވެ. އަދި މެޗުގެ ކުޅުން ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސް 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ޑިވަލޮޕްމަންޓް ފޭސް ގުރޫޕް ކޭގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ ދެވަނައިގައި ދިވެހި ޓީމު އޮތްއިރު. މި ގުރޫޕްގެ އެއްވަނައިގައި އޮތީ މިއަދު ބުރޫނާއީ އަތުން 7-0 ގެ ނަތީޖާއަކުން މޮޅުވި މިޔަންމާއެވެ. އަދި ގުރޫޕް ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހުގެ މެންދުރު ރާއްޖެ ގަޑިން 14:30 ދިވެހި ޓީމުން ނުކުންނާނީ މިޔަންމާ އާއި ދެކޮޅަށެވެ.
މިފަހަރުގެ އޭޝިއަންކަޕް ކޮލިފައިންގ ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކޮލިފައިންގް ފޭސް އާއި ޑިވޮލަޕްމަންޓް ފޭސް އެކެވެ. ފީފާ ރޭންކިންއަށް ބެލުމަށްފަހު ޓީމުތައް އަތުރާލިއިރު. ރާއްޖެއަށް ވާދަކުރަން ޖެހުނީ ޑިވޮލަޕްމަންޓް ފޭސްގައެވެ.
ނަމަވެސް ގުރޫޕް ސްޓޭޖުގައި ބާކީ އެއްމެޗު އޮއްވައި، ގުރޫޕްގެ ގަދަ ދެޓީމުގެ ތެރެއިން ޖާގައެއް ކަށަވަރުކޮށް ދިވެހި ޓީމުން މި ވަނީ ދެން އޮންނަ، 20 އަހަރުން ދަށުގެ އޭޝިއަންކަޕެއްގެ ކޮލިފިކޭޝަން ފޭސް އިން ޖާގައެއް ކަށަވަރުކޮށްފައެވެ.






.jpg?w=3840&q=75)

.jpg?w=3840&q=75)