
ސައުތު ސިނަމާގެ މެގަސްޓާރ ރަޖްނީކާންތުގެ ކުރިއަށް އޮތް ބޮޑު ފިލްމު "ޖެއިލަރ 2" އިން، ތަމަޅަ ފިލްމީ ސިނަމާގެ ތާރީޚުގައި މިހާތަނަށް ނުހަދާ ފަދަ ބޮޑު ރެކޯޑެއް ހަދައިފިއެވެ.
"ޖެއިލަރ 2" ގެ އޯޓީޓީ ރައިޓްސް ވަނީ 160 ކްރޯޑް ރުޕީސްގެ ބޮޑު އަގަކަށް ވިއްކާލާފައެވެ. މިއީ ތަމަޅަ ފިލްމެއްގެ އޯޓީޓީ ރައިޓްސް މިހާ ބޮޑު އަގަކަށް ވިކުނު ފުރަތަމަ ފަހަރެވެ.
މި ޑީލާއެކު ރަޖްނީކާންތު މިވަނީ ތަމަޅަ ސިނަމާގެ އެންމެ ބޮޑު އޯޓީޓީ ޑީލްގެ ރެކޯޑު މުގުރާލާފައެވެ.
ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކޮށް 2023 ވަނަ އަހަރު ނެރުނު "ޖެއިލަރ" ގެ ފުރަތަމަ ބަޔަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ބޮކްސް އޮފީހުގައި އެތައް ސަތޭކަ ކްރޯޑެއްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ފުރަތަމަ ފިލްމަށް ލިބުނު ތަރުހީބުގެ ސަބަބުން، ދެވަނަ ބަޔަށް އޮތް ޑިމާންޑާއި އިންތިޒާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.










%20(1).jpeg?w=3840&q=75)

