
ކާމޭޒު ކައިރީގައި ތަފާތު ގޮނޑި ބެހެއްޓުން: މިއީ މިހާރުގެ އައު ޓްރެންޑް!
ކާމޭޒު ކައިރީގައި ހުރިހާ ގޮނޑިއެއް އެއްގޮތް ކުރުމުގެ ބަދަލުގައި، ތަފާތު ޑިޒައިންތަކުގެ ގޮނޑި ބެހެއްޓުމަކީ މިހާރު ގޭތެރެ ޒީނަތްތެރިކުރުމުގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ޓްރެންޑެކެވެ.
މިއީ ގޭތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، މުޅި ޖާގައަށް އަމިއްލަވަންތަ ގޮތެއް ގެނެސްދޭ ކަމެކެވެ.
ޑިޒައިން ވެބްސައިޓްތަކުން ފާހަގަކުރާ ގޮތުގައި، މިގޮތަށް ތަފާތު ގޮނޑި ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ފިހާރައެއްގެ ޑިސްޕްލޭއެއް ފަދައިން ހުރިހާ އެއްޗެއް އެއްގޮތް ކުރުމުގެ ބަދަލުގައި، ގޭތެރެއަށް ދިރުމެއް ގެނެސްދިނުމެވެ. މީގެ ސަބަބުން ކާމޭޒު ހުންނަ ސަރަޙައްދު މާބޮޑަށް "ރަސްމީ" ވުމުގެ ބަދަލުގައި، އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ފަސޭހަ، އަދި ހިތްފަސޭހަ މާހައުލަކަށް ބަދަލުވެގެންދެއެވެ.
ނަމަވެސް މިގޮތަށް ގޮނޑިތައް އަތުރާއިރު ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ.
މިއީ ގޭގެ ޑިޒައިން އާކޮށްލުމަށް ކުރެވިދާނެ ޚަރަދުކުޑަ ކަމެއްވެސްމެއެވެ.
ސަބަބަކީ އައު ގޮނޑި ސެޓެއް އެއްކޮށް ގަތުމުގެ ބަދަލުގައި، ކުރިން ހުރި ބައެއް ގޮނޑިތަކާއެކު އައު ގޮނޑިއެއް ނުވަތަ ދެ ގޮނޑި ހިމަނާލައިގެންވެސް މި ސްޓައިލް ގެނެސްދެވޭނެތީއެވެ.










%20(1).jpeg?w=3840&q=75)





