





ބޮޑުތަކުރުފާނު މަގުގެ ކުރެހުމެއް- ފޮޓޯ: ރައީސް މުއިއްޒު
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނޮވެންބަރަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލޭ ނޯތް ހާބަރާ ހަމައަށް ތަރައްގީކޮށްފައިވާއިރު، ދެން މަގު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްޕީއެލް) ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަހައްދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ވަނީ ބޮޑުތަކުރުފާނު މަގުގެ އިއްޔެ ހުޅުވާލި ސަރަހައްދު ހުޅުވާލުމަށްފަހު އެމްޕީއެލް ސަރަހައްދުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވެފަ އެވެ. އަދި މުޅި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާ ނޮވެންބަރު މަހުގަ އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފަ އެވެ.
ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތަރައްގީކޮށް ނިންމާލުމަށްފަހު ހުޅުވާލާފައިވަނީ އިއްޔެގަ އެވެ. އަދި މި ސަރަހައްދު ވަނީ 700 މީޓަރުގެ ސަރަހައްދު، ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅާފަ އެވެ. ހާއްސަކޮށް މި މަގު ފެހިކުރުމުގެ ގޮތުން ރުއްޖަހާ ބޮޑެތި ގަސްތައް ހައްދާފައިވެ އެވެ.
.jpg?w=3840&q=75)
%20(1).jpg?w=3840&q=75)

.jpg?w=3840&q=75)


