


.jpg?w=3840&q=75)





ފޮޓޯ: މިނިސްޓްރީ
ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ބައްދަލުވުންތަކުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އިންޑިއާގެ ކުޅިވަރާއި ބެހޭ ވަޒީރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ މަސްލަހަތު ހުރި މުހިންމު ދާއިރާތަކުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
ޚާއްޞަގޮތެއްގައި ޒުވާނުން ބިނާކުރުމަށާއި، ޒުވާނުންގެ ހުނަރު އިތުރުކުރުމަށް ހިންގޭ "ޔޫތު އެކްސްޗޭންޖް" ޕްރޮގްރާމްތަކާ ގުޅޭގޮތުން ދެ ވަޒީރުން ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގައި އިންޑިއާ ސަރުކާރަށް އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުންކޮށް މަޝްވަރާކުރެވުނެވެ.މި ބައްދަލުވުމުގައި ވަޒީރު ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ކުޅިވަރު ދާއިރާގެ އުމްރާނީ ތަރައްގީއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.



.jpg?w=3840&q=75)




