ސީޕީ އަޙްމަދު މުޙައްމަދު
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ފުރާވަޑައިގެންފިއެވެ.
ސީޕީގެ މމި ދަތުރުފުޅަކީ އެފް.ބީ.އައި އާއި ރޯޔަލް ތައި ޕޮލިސް ގުޅިގެން 2026 ޖުލައި 20 އިން 21 އަށް ތައިލެންޑްގައި ބާއްވާ "ރީޖަނަލް ސަމިޓް އޮން ސްކޭމް ސެންޓަރ ކޮމްޕައުންޑްސް އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއެކު ގުޅުން ބަދަހިކޮށް، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ސްކޭމް ތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީން ފުރުސަތުތައް ހޯދުމަށް ކުރައްވާ ދަތުރުފުޅެކެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)






