
.jpg?w=3840&q=75)





.jpg?w=3840&q=75)

-
ތ. ތިމަރަފުށީގައި މި ސަރުކާރުން ތަރައްޤީކުރި ފުޓްސަލް ދަނޑު ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ސަރުކާރުން ތިމަރަފުށީގައި ތަރައްޤީކުރި މި ފުޓްސަލް ދަނޑަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިން އަމަލީ މަސައްކަތް ފެއްޓެވުމުގެ ގޮތުން ބިންގާ އަޅުއްވައިދެއްވި ދަނޑެކެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލީ ދާދި ފަހުންނެވެ.
ތިމަރަފުއްޓަކީ ދިވެހިރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައި، ޤައުމީ ފެންވަރުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ރެކޯޑު އޮތް ރަށެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ، ސަރުކާރުން މި ރަށުގައި ޤާއިމުކޮށްދިން ޒަމާނީ ފުޓްސަލް ދަނޑާއެކު، ރަށުގެ ޒުވާނުންގެ ކުޅިވަރުގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވި، ކުރިއަށް އޮތް ތަނުގައިވެސް ގިނަ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށެވެ.

.jpg?w=3840&q=75)






