ގދ ތިނަދޫއަށް މުދާ އުފުލާ ބޯޓެއް ކަމަށްވާ ޖަޒީރާ ބޯޓު ދިޔަވި އަޑިޔަށްދާން ފަށައިފި އެވެ.
ގާފު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މި ބޯޓު ދިޔަވެ އަޑިޔަށްދާން ފަށާފައިވަނީ ވ އަތޮޅަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ މުދާއުފުލާ ބޯޓެއް، ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެގޮތުން މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 15:26 އެހާކަންހާއިރުއެވެ.
ހާދިސާ ހިނގި ޖަޒީރާ ބޯޓުގައި ތިބި ހުރިހާ ފަޅުވެރިންނާއި މީހުން ވަނީ އެ ސަރަހައްދުން ދަތުރުކުރި "ވިލާ ދުވެލި" ނަމަކަށް ކިޔާ ލޯންޗަކަށް ނަގާފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަދި ބޯޓު އަޑިއަށްދާން މެދުވެރިވި ސަބަބާއި، ބޯޓުގައި ހުރި މުދަލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ ..




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)

