
-
ގދ. ތިނަދޫ އާއި ކާޑެއްދޫ އެއާޕޯޓް ބްރިޖަކުން ގުޅާލުމުގެ މަޝްރޫއަކީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މައިގަނޑު އެއް ބައިގެ ގޮތުގައި ކުރިއަށްދާ މަސައްކަތެއް ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ބްރިޖަކީ އެއާޕޯޓަށް ބޭނުންވާ ކަނެކްޓިވިޓީ ނުވަތަ ދަތުރުފަތުރުގެ ފަސޭހަކަން ގާއިމުކުރުމަށްޓަކައި އެއާޕޯޓް މަޝްރޫއުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
އެގޮތުން މި މަޝްރޫއުއަށް ކްރޮސް ސަބްސިޑީ އުސޫލުން ޕްރޮޕޯސަލްތަކެއް ލިބިފައިވާއިރު އެ ޕްރޮޕޯސަލްތައް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއިން ދަނީ މިހާރު އެވެލުއޭޓްކުރަމުންނެވެ.
މި މަޝްރޫއުގެ ކޮންސެޕްޓް މިހާރު ފައިނަލް ކުރެވިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބްރިޖުގެ ކުރެހުންތަކާއި ކޮންސެޕްޓް މިހާރު ފެނިފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށްޓަކައި ހުށަހަޅަންޖެހޭ ހުށަހެޅުންތައް ވެސް މިހާރު ވަނީ ހުށަހަޅާފައެވެ.
ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަކީ އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށާއި، އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
އަދި މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުލެއްވެސް މެއެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)

