
ބަނގުރާއާއެކު ހައްޔަރުކުރި ބިދޭސީ މީހާ- ފޮޓޯ: ފުލުހުން
ބަނގުރާ ބޭނުންކޮށް، އެތަކެތިން ވިޔަފާރިކުރުމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް/ޖާކިރް ހައުލެޑާރ (45އ) ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 6 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން މައްސަލައިގެ އިޖުރާއާތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
















