






-
ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިރެއަށް ހަމަވާނެ އެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މި ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. ފުރަތަމަ ހުޅުވާލި މުއްދަތު މިމަހުގެ 11 ވަނަ ދުވަހަށް ހަމަވުމުން، އެ ވުޒާރާއިން ފަހުން އެމުއްދަތުގެ މިރޭގެ ނިޔަލަށް އިތުރުކުރި އެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު މިރޭރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާކަމަށެވެ.
މި ދެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހަޅަންޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.
މި ދެ ރަށުގެ ތެރެއިން ތ. ވިލުފުށި 100 ހައުސިންގ ޔުނިޓަށް އެދި މިހާތަނަށް 206 އެޕްލިކޭޝަން ލިބިފައިވާއިރު، ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި 300 އަށްވުރެ ގިނަ އެޕްލިކޭޝަން މިހާތަނަށް ލިބިފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.






