
ވެމްކޯގެ ބޯޑަށް އައްޔަނުކުރި އިނާ -
ވެމްކޯ ޑިރެކްޓަރުންގެ ބޯޑަށް އިތުރު މެމްބަރަކު އައްޔަނުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މިއަދު ބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ލ މާބައިދޫ، ކުޑަރޯޅި އަލްފާޟިލާ ޙައްވާ އިނާ އައްޔަނުކޮށްފައިވާ ކަމަށެވެ.
ޚައްވާ އިނާއަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާސިުލޮށްފައިވާ ފަރާތެކެވެ. އަދި ވިޔަފާރީގެ ދާއިރާގައި އިނާ މިހާރުވެސް ހަރަކާތްތެރިވެއެވެ.
އެމްއެންޕީގެ އިސް ސަފުގައި މަސައްކަތްކުރުމަށްފަހު އިނާ ވަނީ 2023 ވަނަ އަހަރު ޕީޕީއެމްއާއި ގުޅިފައި އެވެ. ޕީޕީއެމް އުވާލުމާއިއެކު ޕީއެންސީއަށް ބަދަލުވެ އިނާ މިހާރު އަންނަނީ ޕީއެންސީގެ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ.












