
.jpg?w=3840&q=75)







ފޮޓޯ: ސިޓީސް މިނިސްޓްރީ
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ އިމާރާތުގެ މަޝްރޫޢު ހިނގާ ގޮތް ބެލުމަށް މިނިސްޓްރީގެ ޕްރޮޖެކްޓު ޑިޕާޓްމަންޓްގެ ޓީމެއް ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަންފަށައިފިއެވެ.
މި ހޯމަ ދުވަހު ފެށި މި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ.
މި ދަތުރުގައި ޒިޔާރަތްކުރަން ހަމަޖެހިފައިވާ ރަށްތަކަކީ:
ހއ
ހދ
ސިޓީސް މިނިސްޓްރީން ކުރަމުންދާ މި ދަތުރުގައި މަޝްރޫޢުގެ ކޮންޓްރެކްޓަރ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ވެސް ބައިވެރިވެއެވެ.
މި ޓީމުން ކައުންސިލް ޢިމާރާތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ މަސައްކަތްތަކުގެ އަދާހަމަ އޮޅުންފިލުވުމަށް ވަނީ ހަމަޖެހިފައެވެ.

.jpg?w=3840&q=75)






