
.jpg?w=3840&q=75)







މަސްދަޅުކޭސް ދޫކުރުމުގެ ތެރެއިން- ފޮޓޯ: ގާފު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް، މި ހަފްތާ ނިމުމުގެ ކުރިން އަތޮޅުތަކުގައި ބަހަން ފެށޭނެ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުން. ދާ ކަމަށެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމާއި، ހުރިހާ ގޭބީސީތަކަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ރޭގައި މަސްދަޅު ކޭސް ބަހަން ފަށާފައިވާއިރު، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހަދިޔާ ހޯދުމަށް ރޭގައި އެކަނިވެސް 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ކުރިޔަށްގެންދާ މި މަސައްކަތް ކުރިއަށްގެންދިއުމަށް ޖުމްލަ 15 މަރުކަޒު ގާއިމްކޮށްފައިވެ އެވެ. އެގޮތުން މާލޭގައި 8 މަރުކަޒާއި ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒު ހިމެނެ އެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
ހުޅުމާލެ- ފޭސް 1؛
ހުޅުމާލެ ފޭސް 2؛
ވިލިމާލެ؛
ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވޭތުވެދިޔަ 2 އަހަރެކޭ އެއްފަދައިން މިހިނގާ 1447 ވަނަ އަހަރުވެސް ރޯދަހަދިޔާ ބެހުން ކުރިއަށް ގެންދަން ނިންމައި، ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. އަދި ޓޯކަން ރަޖިސްޓްރޭޝަނަށް ބުރާސްފަތި ދުވަހު ހުޅުވާލިއިރު، 13 ފެބްރުވަރީ 2026 ގެ ނިޔަލަށް މަސްދަޅު ބަހައި ނިންމުމަށް ސަރުކާރުން ވަނީ ނިންމާފައި އެވެ.

.jpg?w=3840&q=75)


