
.jpg?w=3840&q=75)





.jpg?w=3840&q=75)

-
ލ އިސްދޫގައި އަލަށް ތަރައްޤީކުރި ލައިސެންސް ޓްރެކް ރަސްމީކޮށް ހުޅުވައިފި އެވެ.
އިސްދޫގައި ލައިސެންސް ޓްރެކު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ހަފްތާގައި އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން އެރަށު ކައުންސިލުން ޤާއިމްކޮށްފައިވާ ލައިސަންސް ޓްރެކް ހުޅުވައިދެއްވީ ކައުންސިލްގެ ރައީސް އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިއެކެވެ،
އައު ލައިސެންސް ޓްރެކާއި އެކު އެރަށުގައި އޭ ކެޓަގަރީ ޑްރައިވިންގ ލައިސެންސް ދޫކުރަން މިހާރު ވަނީ ފަށާފައި އެވެ. އަދި އެ ހިދުމަތް ފެށުމަށް ކައުންސިލާއި ޓްރާންސްޕޯޓު މިނިސްޓްރާެއި ދެމެދު ވަނީ ޚާއްސަ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
އަދި މީގެ އިތުރުން އިސްދޫގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ ލައިސަންސް ވެސް ތައާރަފްކޮށްފައޮ އެވެ. މި ލައިސަންސަކީ އިސްރަށްވެހިންގެ ދަތުރުފަތުރާއި އެހެނިހެން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރެވުނު ޚާއްޞަ ލައިސަންސެކެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި އައު ޓްރެކް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށް އަދި މާލެ އައުމުގެ ބުރަ ލުއިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައި އެވެ.
އިސްދޫގެ އިތުރުންވެސް ބައެއް ރަށްތަކުގައި މިހާރު ވަނީ ޑްރައިވިންގ ލައިސަންސް ޓްރެކްތައް ގާއިމްކޮށް ލައިސެންސް ދޫކުރުމުގެ ހިދުމަތްތައް ސަރުކާރުން ކައުންސިލްތަކާއި ހަވާލުކޮށްގެން ފަށާފައި އެވެ. އެގޮތުން ދާދި ފަހުން ގއ ދާންދޫއާއި ތ ހިރިލަންދޫ އަދި އއ ހިމަންދޫގެ އިތުރުން ވޭވަށުގައި ވެސް ވަނީ މި ހިދުމަތް ފަށާފައި އެވެ.

.jpg?w=3840&q=75)




-1760956565641.jpeg?w=3840&q=75)

