
-
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައި ފަށައިފިއެވެ.
އައްޑޫގައި މި ހިދުމަތް ފަށާފައިވަނީ ހިތަދޫއާއި ހުޅުދޫގައި އެވެ. އެގޮތުން މި ކަމާއި ގުޅޭ ޚާއްސަ އެއްބަސްވުމެއްގައި އައްޑޫ ސިޓީ ކައުންސިލާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި ދެމެދު ވަނީ ސޮއިކޮށްފައި އެވެ.
އައްޑޫގެ ދެ ސަރަހައްދެއްގައި ފެށި މި ޚިދުމަތާއެކު މިހާރު ރާއްޖޭގެ 26 ސަރަހައްދަކުން މި ހިދުމަތް ލިބިގެންދާނެ އެވެ. އައްޑޫގައި މި ހިދުމަތް ފެށިގެން ދިޔުމާއި އެކު ދެކުނުގެ މައި ހުރިހާ ސަރަހައްދަކުން އައިޑީ ކާޑުގެ ހިދުމަތް ލިބިގެންދާނެ އެވެ. އެގޮތުން މިއަދު ފުވައްމުލައް ސިޓީގައި ވެސް މި ހިދުމަތް ވަނީ ފަށާފައި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ބުނީ އެ އިދާރާގެ އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ޤާއިމުކުރުން ކަމަށެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

.jpeg?w=3840&q=75)
.jpg?w=3840&q=75)



.jpeg?w=3840&q=75)
.jpg?w=3840&q=75)




