



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



--
އަޒަރުބައިޖާނުން ރަޝިއާއަށް ދަތުރުކުރި ފަސިންޖަރު މަތިންދާބޯޓެއް ކަޒަކިސްތާނުގެ އަކްތާއު ސިޓީ ކައިރިއަށް ވެއްޓިއްޖެ އެވެ.
62 ފަސިންޖަރުންނާއި ފަސް ފަޅުވެރިންނާއެކު ދަތުރުކުރި އެމްބްރޭއާ 190 މަރުކާގެ މަތިންދާ ބޯޓެއް ކަމަށްވާ ފްލައިޓް ނަމްބަރު ޖޭ2-8243 ވެއްޓުނީ ފްލައިޓަށް ދިމާވި މައްސަލައަކާއި އެކު އަކްތާއުއާ ގާތްގަނޑަކަށް 3 ކިލޯމީޓަރު (1.8 މޭލު) ދުރުގައި އޮތް ހުސް ބިމަކަށް އެމަޖެންސީ ލޭންޑިންގ އެއް ކުރުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފްަލައިޓަކީ އަޒަރުބައިޖާންގެ ގައުމީ އެއާލައިންގެ ބޯޓެކެވެ.
މި ހާދިސާގައި ދެ ކުޑަކުދިންނާއެކު 28 މީހަކު ސަލާމަތްކޮށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.
ރަޝިއާގެ ނިއުސް އެޖެންސީ އިންޓަފެކްސް އިން މިނިސްޓްރީއާ ހަވާލާދީ ބުނެފައި ވަނީ މި ހާދިސާގައި އިތުރު ބަޔަކު ސަލާމާތްވެދާނެ ކަމުގެ އުންމީދު އޮތް ކަމަށާއި އެ ސަރަހައްދުގައި ތިބި ސިއްހީ ހިދުމަތްތެރިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މި ހާދިސާގައި މިހާރުވެސް ގިނަ ބަޔަކު މަރުވެފައިވާކަމަށް ބެލެވޭ ކަމަށް އެހެން ރިޕޯޓުތަކެއް ބުނެއެވެ.
"އިބްތިދާއީ ރިޕޯޓްތައް ބުނާ ގޮތުން ބޯޓު ވެއްޓުމުގެ ކުރިން އެމަޖެންސީ ލޭންޑިންގ އަކަށް ބޯޓުން ވަނީ އެދިފައި އެވެ. އަދި ހުއްދަ ދީފައިވާކަންވެސް ރިޕޯޓުތައް ބުނެއެވެ. އެމަޖެންސީ ލޭންޑިންގ އަކަށް އެދުނީ ފޮގް ވުމުގެ ސަބަބުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.




.jpg?w=3840&q=75)



